ރަށު މޮނިއުމަންޓް މަސައްކަތް، ކައުންސިލުން ދޭ ކުރެހުމާއި އެއްގޮތަށް ކުރާނެ ފަރާތެއް ހޯދުން

އާއްމު އެންގުން
ނަންބަރު : (IUL)369-PS/369/2025/88
ޕަބްލިޝްކުރި ތާރީޚު : 09 ސެޕްޓެމްބަރު 2025
ސުންގަޑި : 17 ސެޕްޓެމްބަރު 2025

       މި އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް މިރަށުގެ މޮނިއުމަންޓްގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 3 ވަނަ ފަހަރަށް އިޢުލާންކުރަމެވެ. ވުމާއެކު، މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް މިރަށުގެ މޮނިއުމަންޓް ހަދާދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

       މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މިބީލަމުގައި ބައިވެރިވުމަށް ބީލަމަށް ރަޖިސްޓްރީވުމަށް އަންނަނިވި ލިންކްގައިވާ މަޢުލޫމާތުތައް ފުރުއްވުމަށްފަހު ފޮނުވަންވާނެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބިޑުހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން ލިންކް :  https://forms.fillout.com/t/6gUSDdt9fNus

       މިމަސައްކަތާއިބެހޭ އެންމެހައި ލިޔެކިއުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މިއިދާރާއިން  2025ސެޕްޓެމްބަރ 09 ވަނަ  ދުވަހުން ފެށިގެން ލިބެންހުންނާނެއެވެ. އަދި މިއިޢުލާނާއި އެކު ގެޒެޓް ކުރެވިފައި ވާނެއެވެ. މިޕޮރޮޖެކްޓާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ އީ މެއިލް ކުރައްވާނީ 2025ސެޕްޓެމްބަރ 15 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އީ މެއިލް އެޑްރެހަށެވެ.

       ބިޑްތައް ހުޅުވުން އޮންނާނީ 2025  ސެޕްޓެމްބަރ 17 ވާ ބުދަ ދުވަހުގެ 13:00:00 ގައި މި ކައުންސިލްގެ އިދާރާގެ މުޝާވިރު މާލަމުގައެވެ. ބިޑްތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، އަދި ބިޑް ހުށަހަޅާފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ

މ.މަޑުއްވަރި ، ދިވެހިރާއްޖެ

ފޯން:  6720039

އީމެއިލް: info@maduvvari.gov.mv

 

                              މިހެންވެ، މިމަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުމުގެ ގޮތުން، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.