މަހޯލި
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އާންމު ކުރާ މަޢުލޫމާތު
ދައުލަތުގެ އިދާރާއެއްގައިވާ މަޢުލޫމާތެއް ހޯދައި ލިބިގަތުމަކީ، މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 1/2014) ގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން، އެކަމަށް އެދޭ ކޮންމެ މީހަކަށްމެ، ލިބިގެންވާ އަދި ތަންފީޒު ކުރެވޭނެ ޤާނޫނީ ޙައްޤެކެވެ. ޤާނޫނު ނަންބަރު 1/2014 މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަމިއްލަ އިސްނެގުމުގެ މަތިން ހާމަކުރަންޖެހޭ މަޢުލޫމާތު މިސަފްޙާގައި ހިމެނިފައިވާނެއެވެ.
މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު
އިންފޮމޭޝަން އޮފިސަރ
ޤާނޫނު ނަންބަރު 2014/01 މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ ދަށުން، މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާގެ އިންފޮމޭޝަން އޮފިސަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ކައުންސިލްގެ އެކައުންޓް އޮފިސަރ، ޙުސައިން ޒަހުވާންއެވެ. އިންފޮމޭޝަން އޮފިސަރަކީ ޢާންމު ފަރާތްތަކުން މަޢުލޫމާތު ހޯދުމަށް ހުށަހަޅާ މައްސަލަތަކަށް ޖަވާބު ދާރީވުމަށް އެ އިދާރާއަކުން ކަނޑައަޅާފައި ހުންނަ ފަރާތެވެ.
މުރާޖަޢާ ކޮމެޓީ
މުރާޖައާ ކޮމެޓީއަކީ މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ޢައްޔަން ކޮށްފައިވާ، އެ އިދާރާއެއްގެ ނުވަތަ އެ މުއައްސަސާއެއްގެ އިންފޮމޭޝަން އޮފިސަރަކު، މަޢުލޫމާތު ދިނުމަށް އިންކާރު ކުރުން ނުވަތަ ދެއްވި މަޢުލޫމާތު ފުރިހަމަނުވުން ނުވަތަ މަޢުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މަޢުލޫމާތު ނުދިނުން ފަދަ ކަންކަން ދިމާވުމުން ޝަކުވާ ހުށަހަޅަން އޮންނަ ކޮމިޓީއެކެވެ.
އިދާރާއިން ގެންގުޅޭ ބަލަހައްޓާ މަޢުލޫމާތާއި، ލިޔެކިޔުންތައް ބެލެހެއްޓުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު
މިއީ، މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާއަށް އެކި ފަރާތްތަކުން ލިބޭ އެންމެހާ ލިޔެކިޔުން އަދި
އިދާރާއިން ބަލަހައްޓަމުންގެންދާ އެންމެހާ ލިޔެކިޔުން ބެލެހެއްޓުމުގައި ޢަމަލުކުރާނެ އުޞޫލެވެ. މި އުޞޫލައް ކިޔާނީ "އިދާރާއިން ގެންގުޅޭ ބަލަހައްޓާ މަޢުލޫމާތާއި، ލިޔެކިޔުންތައް ބެލެހެއްޓުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު" މިއެވެ.
އިދާރާއިން ގެންގުޅޭ ބަލަހައްޓާ މަޢުލޫމާތާއި، ލިޔެކިޔުންތައް ބެލެހެއްޓުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު
ކައުންސިލް އިދާރާ ހިންގުމުގެ އުޞޫލު
މުލަކަތޮޅު މަޑުއްވަރީ ކައުންސިލުގެ އިދާރާ ހިންގަމުންދާނީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭ ގާނޫނުންގެ ދަށުން، އިންތިޚާބުކޮށްފައިވާ މެމްބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލް ލަފާގެ މަތިން، ކައުންސިލުގެ ބައްދަލުވުންތަކުން ނިންމާ އާއްމުކޮށް ފެންނާނެހެން ޕަބްލިޝްކުރެވޭ، ކައުންސިލްގެ ނިންމުންތަކުގެ މައްޗަށެވެ. މި އުޞޫލައް ކިޔާނީ "ކައުންސިލް އިދާރާ ހިންގުމުގެ އުޞޫލު" މިއެވެ.
އިދާރީ އޮނިގަނޑު
އިދާރާގެ ސަރވިސް ޗާޓަރ
މަޢުލޫމާތައް އެދުމާއި، ފޯރުކޮށް ދިނުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު
މިއީ، ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާއަށް، މަޢުލޫމާތަށް އެދި ހުށަހަޅާ ހުށަހެޅުމުގައި ޢަމަލަކުރާނެ ގޮތް ބަޔާންކޮށްފައިވާ އަދި މަޢުލޫމާތު ފޯރުކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކޮށް، މި ކައުންސިލް އިދާރާއިން ޢަމަލުކުރާ އުޞޫލެވެ. މި އުޞޫލަށް ކިޔަނީ " މަޢުލޫމާތައް އެދުމާއި، ފޯރުކޮށް ދިނުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު" މިއެވެ.
މަޢުލޫމާތައް އެދި ހުށަހަޅާ ފޯމް