މ. އަތޮޅު

މ. މަޑުއްވަރި

މުލަކަތޮޅު މަޑުއްވަރިއަކީ، އުތުރު ޢަރުޟުން 03°  6’  18” N   ދަރަޖައާއި އިރުމަތީ ޠޫލުން 73°  34’  22” E  ދަރަޖައާއި ދެމެދުގައި، މާލެއާ 119 ކިލޯމީޓަރު ދުރުގައި އޮންނަ އެންމެ 10.3 ހެކްޓަރުގެ ކުޑަ ރަށެކެވެ. މިރަށަށް ދީފައިވާ ކޯޑަކީ K9 އެވެ. މަޑުއްވަރީގެ މިހާރުގެ އާބާދީގައި 678 މީހުން އުޅެއެވެ. އެއީ 342 އަންހެނުންނާއި 336 ފިރިހެނުންނެވެ.  މިއަތޮޅުގެ އެހެން ރަށްރަށެކޭ އެއްފަދައިން މަޑުއްވަރިއަކީ މަސްވެރި ރަށެކެވެ. ކަނޑުމަސްވެރިކަމާއި ފަރުމަސްވެރިކަމާއި ފާނައިގެ މަސްވެރިކަން މިރަށުގައިވެސް އަންނަނީ ކުރަމުންނެވެ. ކަނޑުމަހަށްދާ  1 ދޯނި އޮންނައިރު  އެހެނިހެން މަސްވެރިކަން ކުރުމަށް  ކުދި ލޯންޗް ފަހަރު ބޭނުންކުރެއެވެ. ދަނޑުވެރިކަން ކޮށް އުޅެނީ އަމިއްލަ ގޯތިތަކުގައި ނިސްބަތުން ވަރަށް މަދުބަޔެކެވެ. މަޑުއްވަރިއަކީ ސްލަހަވެރިކަމާއި އަމާންކަމާއިއެކު ރައްޔިތުންނަށް ދިރިއުޅެވޭ ކުށްމަދު ރަށެކެވެ. 

677 ރަށުގެ އާބާދީ
150 ގޭބިސީ
10.3 ބިމުގެ ބޮޑުމިން (ހެކްޓަރ)
3 ވިޔަފާރި
2 ހޮޓާ / ރެސްޓޯރަންޓް
1 ގެސްޓްހައުސް

ތަޞައްވުރު އަދި އަމާޒު

ތަޞައްވުރު

ރޭވުންތެރިކަމާއި، ހަރުދަނާ އިންތިޒާމްތަކެއްގެ ތެރެއިން ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދޭ، ރަނގަޅު ސިއްހީ ހިދުމަތްތަކާއިއެކު ދުޅަހެޔޮ ރައްޔިތަކު ދިރިއުޅޭ ރަށަކަށް މ.މަޑުއްވަރި ހެދުމެވެ. އަސާސީ ހިދުމަތްތަށް ކަށަވަރުކުރެވިފައިވާ އެކަށޭނަ ރަށްވެހި ހިދުމަތެއް ފޯރުކޮށްދޭ، މިންތީގެ ހަމަހަމަކަމާއިއެކު އިޖްތިމާޢީ ގޮތުން ދުޅަހެޔޮ ރައްޔިތަކު ދިރިއުޅޭ ރަށަކަށް ހެދުމެވެ. މިއާއިއެކު ސްލްހަ މަސަލަސްކަން ގާއިމްވެފައިވާ އަމާން ވެއްޓެއްގެ ތެރެއިން އިގްތިސާދީ މަސައްކަތްތައް ފުޅާ ދާއިރާއެއްގައި ހިނގާ، ވަޒީފާގެ ފުރުސަތުތައް ފަހި  ރަށަކަށް ހެދުމެވެ. މީގެއިތުރުން އިސްލާމްދީނުގެ އަސާސްތަކަށް ފުރިހަމައަށް ބޯލަނބާ، ދިވެހީންގެ ބަހާއި، ސަގާފަތާއި ތަރިކަ ރައްކާތެރި ކުރެވިފައިވާ ވިލުންތެރި މުޖުތަމައެއް ކަށަވަރުކުރުމެވެ. 

އަމާޒު

ހެދިފައިވާ ޤާނޫނާ ޤަވައިދު އަދި އުސޫލުތަކާއި އެއްގޮތަށް އެއްވެސް މީހަކު އަދި ބަޔަކު ތަފާތުކުރުމެއް ނެތި ، ރަށުގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުމާއި، ރަށުގައި ދިރިއުޅޭ އަފްރާދުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް ތަނަވަސް ދިރިއުޅުމެއްގައި އުޅެވޭނޭ ގޮތް މަގުފަހިކޮށްދިނުމާއި، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ އެހީގައި، އަދި މުޖުތަމަޢުގެ ހުރިހާ ހިއްސާދާރުންގެ އެހީތެރިކަމާއި އެއްބާރުލުމާއިއެކު ރަށަށް ކުރިއެރުމާއި ތަރައްޤީ ގެނައުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އިހްލާސްތެރިކަމާއިއެކު ކުރުމެވެ. ހަމަ މިއާއިއެކު  ރައްޔިތުންގެ ލޯބި ، ލިބިގެންވާ ، އަދި ދެވޭ ހުރިހާ ޚިދުމަތްތަކެއްވެސް ރައްޔިތުން އުފަލާއެކު ބަލައިގަންނަ ، ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ދޭ މުއައްސަސާއަކަށް ﷲ ގެ ވާގިފުޅާއެކު ، މަޑުއްވަރީ ކައުންސިލްގެ އިދާރާ ވުމަށް މަސައްކަތްކުރުން. 

ރަށުގެ ޑައިރެކްޓަރީ

މ.މަޑުއްވަރީ ސްކޫލް

މ.މަޑުއްވަރީ ސްކޫލް

7952908
މ.މަޑުއްވަރީ ސިއްޙީ މަރުކަޒު

މ.މަޑުއްވަރީ ސިއްޙީ މަރުކަޒު

6720554
މ.މަޑުއްވަރީ ޕޮލިސް ޕޯސްޓް

މ.މަޑުއްވަރީ ޕޮލިސް ޕޯސްޓް

6726059
މ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓު

މ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓު

6721518
މ. މަޑުއްވަރީ ފެނަކަ ބްރާންޗް

މ. މަޑުއްވަރީ ފެނަކަ ބްރާންޗް

3019492