މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާގެ ނަންބަރު (IUL)30-TB2/30/2025/200 އިޢުލާން، މަސްވެރިކަމަށް ޒުވާނުން ޝައުޤުވެރިކަން އިތުރުކޮށް އަހުލުވެރިކުރުމަށް ހިންގާ ޕްރޮގްރާމްއާ ގުޅޭ

އާއްމު އެންގުން
ނަންބަރު : (IUL)369-AS/369/2025/104
ޕަބްލިޝްކުރި ތާރީޚު : 20 އޮކްޓޯބަރު 2025
ސުންގަޑި : 23 އޮކްޓޯބަރު 2025

                      ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝާއުޤުވެރިކަން އުފައްދައި، މަސްވެރިކަމާއި މަސްވެރިންގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުންނެރުމަށް ކަމާއި ގުޅޭ ތަމްރީނާއި ހުނަރު ހޯދުމަށް ފުރުޞަތު ޒުވާނުންނަށް ފަހި ކޮށްދިނުމުގެ ގޮތުން ވާލްޑް ބޭންކުގެ އެހީގައި މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާގެ ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ އިން ކުރިޔަށްގެންދާ ސައުތު-ވޭސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން 3 މަސް ދުވަހަށް ތަމްރީނު ޕްރޮގްރާމްއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 

                       މި ތަމްރީނު ޕްރޮގްރާމުގައި މަސްވެރިކަމާއި ބެހޭ ފަންނީ މަޢުލޫމާތު ދިނުމުގެ އިތުރުން އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ޕްރޮގްރާމުގެ ބައިވެރިންނަށް ފަހިކޮށްދެވޭނެއެވެ. މިގޮތުން، ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ރާއްޖޭގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ގެތެރެއިން ނިސްބަތުން  އެންމެ ފާހަގަކޮށްލެވޭ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދެއްގެ ޢަމަލީގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވެ މަސްވެރިކަން ކުރާ ގޮތުގެ ތަމްރީނާއި ހުނަރު ރާއްޖޭގެ އެންމެ ފުންނާބުއުސް ކެޔޮޅުންގެ ފަރާތުން އުނގެނި ދަސްކުރުމުގެ ފުރުސަތު މި ޕްރޮގްރާމްގެ ބައިވެރިންނަށް ލިބިގެންދާނެއެވެ.

                       މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރ މަހުން ފެށިގެން 2026 ވަނަ އަހަރުގެ ޖެނުވަރީ މަހުގެ ނިޔަލަށެވެ. މި ތަމްރީނު ޕްރޮގްރާމްގެ މުއްދަތުގައި، ބައިވެރިންނަށް ދުވަހު އެލެވެންސެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

 

ބައިވެރިންގެ ހުންނަންޖެހޭ ޝަރުތުތަށް:

·         މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތެއް ކަމުގައިވުން

·         އުމުރުން 24 އަހަރުން ދަށުގެ ފަރާތަކަށްވުން 

·         މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާގެ މަސްވެރިންގެ ދަފްތަރުގައި މިހާރު ހިމެނިފައިވާ ފަރާތަކަށްވުން

ހުށަހަޅަންޖެހޭ ތަކެތި:

·         ތަމްރީނުގައި ބައިވެރިވުމަށް އެދޭ ފޯމް

·         ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

·         18 އަހަރުން ދަށުގެ ކުއްޖެއްނަމަ، ބެލެނިވެރިޔާގެ ހުއްދައޮތްކަމުގެ ލިޔުން

                        މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، މިކަމާއި ގުޅޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު 23 އޮކްޓޯބަރ 2025 ގެކުރިން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސެސަސްއަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. މި ތަމްރީން ޕްރޮގްރާމްގެ ފުރުތަމަ ބުރުގައި ބައިވެރިވުމުގެ ފުރުސަތުދިނުމަށް ހަމަޖެހިފައިވަނީ މަސްވެރިކަމަށް އަލަށް ނިކުންނަން ބޭނުންވާ 5 ޒުވާނަކަށެވެ. އިތުރު މަޢުލޫމާތަށް ގުޅުއްވާނީ 3339276 އަށެވެ.

އީމެއިލް އެޑްރެސް: maryam.ruva@fisheries.gov.mv ނުވަތަ ahsan.mohamed@fisheries.gov.mv 

                      މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

ޑައުންލޯޑް ކުރުމަށް