ގެވެހި ސާމާނު ބެލެހެއްޓުމުގެ ހުނަރު ތަރައްޤީކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން
މ.މަޑުއްވަރީގެ އަންހެނުންނަކީ ގޭގައި ކުރަންޖެހޭ ކަރަންޓްގެ އާންމު މަސައްކަތްތައް އަމިއްލަ އަށް އެހެން ފަރާތަކަށް ބަރޯސާނުވެ ކުރަން އެނގޭ ފެންވަރުގެ ބަޔަކަށް ހެދުމުގެ މަގުސަދުގައި، މ.މަޑުއްވަރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިން އިންތިޒާމުކޮށް ގެން މ.މަޑުއްވަރީގައި ދިރިއުޅޭ 15 އަހަރުން މަތީގެ އަންހެނުންނަށް ހާއްސަކޮށް ހިންގާ "ގެވެހި ސާމާނު ބެލެހެއްޓުމުގެ ހުނަރު ތަރައްޤީކުރުމުގެ ޕްރޮގްރާމް" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބައިވެރިވުމުގެ ސުންގަޑި: 14:00 (18 ޖަނަވަރީ 2025)
ނަންނޯޓް ކުރެއްވުމަށް ގުޅުއްވާނީ: 9771315 / 9727836
މި ޕްރޮގްރާމް ކުރިޔަށްދާނީ: 26 ޖަނަވަރީ 2025 އިން 30 ޖަނަވަރީ 2025 އަށް
ވީމާ، މިކަން އާމުކޮށް އަންގާ އިޢުލާނު ކުރަމެވެ.
14 ރަޖަބު 1446
14 ޖަނަވަރީ 2025