މ.މަޑުއްވަރީ ކައުންސިލްގެ އިދާރާ އާއި، މ.މަޑުއްވަރީ ކައުންސިލުން ބަލަހައްޓަމުން ގެންދާ އިމާރާތްތަކުގެ (2 މިސްކިތް، ޕޮލިސް ޕޯސްޓް) ފާޚާނާ ނިޒާމް ރަށުގެ މައި ނަރުދަމާ ނިޒާމަށް ގުޅުމާއި ޕޮލިސް ޕޯސްޓަށް ސަޕްލައި ފެން ގުޅުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުން

އާއްމު އެންގުން
ނަންބަރު : (IUL)369-PS/369/2025/93
ޕަބްލިޝްކުރި ތާރީޚު : 25 ސެޕްޓެމްބަރު 2025
ސުންގަޑި : 02 އޮކްޓޯބަރު 2025

މި ކައުންސިލްގެ ނަންބަރު (IUL)369-PS/369/2025/92 (17 ސެޕްޓެމްބަރ 2025) އިއުލާނަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ.

މ.މަޑުއްވަރީ ކައުންސިލް އިދާރާއާއި، މިކައުންސިލުން ބަލަހައްޓަމުން ގެންދާ އިމާރާތްތަކުގެ ތެރެއިން މ.މަޑުއްވަރީ ޕޮލިސް ޕޯސްޓާއި، 2 މިސްކިތުގެ ފާޚާނާ ނިޒާމް ރަށުގެ މައި ނަރުދަމާ ނިޒާމަށް ގުޅުމާއި ޕޮލިސްޕޯސްޓަށް ސަޕްލައި ފެން ގުޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.  

ވީމާ، މި މަސައްކަތްކޮށްދެވޭނެ ފަރާތްތަކުން 2025 އޮކްޓޯބަރ 02 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެ މަސައްކަތްކޮށްދެވޭނެ އަގާއި، މުއްދަތު އަންގައިދޭ ކޯޓޭޝަން ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިމަސައްކަތާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7888673 ނަންބަރަށެވެ. 

ކޯޓޭޝަން ފޮނުވާނެ އީމެއިލް : info@maduvvari.gov.mv

މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

ޑައުންލޯޑް ކުރުމަށް