މުލަކަތޮޅު މަޑުއްވަރީ ކައުންސިލުން ބާއްވާ ހިތްފަހި ފުޓްސަލް ޗެލެންޖް 2025 ގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކުރުމާގުޅޭ
މުލަކަތޮޅު މަޑުއްވަރީ ކައުންސިލުން ބާއްވާ ހިތްފަހި ފުޓްސަލް ޗެލެންޖް 2025ގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތު 14 ސެޕްޓެމްބަރ 2025ގެ ނިޔަލަށް ހަމަވިއިރު، މި މުބާރާތުގައި ބައިވެރިވުމަށް އިތުރު ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރަމުން ދާތީ، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2025 ވަނަ ދުވަހުގެރޭ 11:00ގެ ނިޔަލަށް އިތުރުކުރެވިފައިވާ ކަމުގައި ދަންނަވަމެވެ.
މި މުބާރާތަކީ ، މ.މަޑުއްވަރީ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙް އާލާކޮށް ، ޒުވާނުންނަށް ކުޅިވަރުގެ ފުރުޞަތު ފަހިކޮށްދީ ، ކުޅިވަރުގެ ދާއިރާއިން ޒުވާނުން ކުރިއަރައިދިޔުމަށް ހިތްވަރުދީ ބާރުއެޅުމުގެ މަޤްޞަދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތުގެ ފިރިހެން ޑިވިޜަންގައި ބައިވެރިވުމުގެ ފުރުޞަތު މ.އަތޮޅުގެ ކޮންމެ ރަށަކުން 2 ޓީމްއަށް އަދި މީމު އަތޮޅު ރަށްތަކުގެ ފުލުހުންގެ އިދާރާގައި ވަޒީފާ އަދާކުރާ ފަރާތްތައް ހިމަނައިގެން "މީމު އަތޮޅު ޕޮލިސް" އަށް ދެވިފައިވެއެވެ.
މި އިޢުލާނާއި އެކު މުބާރާތުގެ ގަވާއިދު އަދި ބައިވެރިވުމަށް ހުށަހަޅަންޖެހޭ ރަޖިސްޓްރޭޝަން ފޯމްގެ ލިންކް އާންމުކުރެވިފައިވާނެއެވެ.
| https://shorturl.at/MVGpx ފިރިހެން ޑިވިޜަންގެ ގަވާއިދު: | އަންހެން ޑިވިޜަންގެ ގަވާއިދު: https://shorturl.at/cwAId
| ފިރިހެން ޑިވިޜަން ފޯމްގެ ލިންކް : https://forms.fillout.com/t/6o832p1QPWus | އަންހެން ޑިވިޜަންގެ ފޯމްގެ ލިންކް : https://forms.fillout.com/t/kUuY3Cijp9us
ވީމާ ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.