ކައުންސިލްގެ ރައީސް އަހަރީ ޗުއްޓީނަންގަވާތީ އޮފީސް ހިންގުން ނައިބުރައީސް އާއި ހަވާލުކުރެއްވުން
އާއްމު އެންގުން
ނަންބަރު :
(IUL)369-AS/369/2025/82
ޕަބްލިޝްކުރި ތާރީޚު :
31 އޯގަސްޓު 2025
ސުންގަޑި :
21 ސެޕްޓެމްބަރު 2025
މ.މަޑުއްވަރީ ކައުންސިލްގެ ރައީސްއަށް 31 އޮގަސްޓް 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 15 ދުވަހުގެ އަހަރީ ޗުއްޓީ ދިނުމަށް މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 183 ވަނަ އާންމު ބައްދަލުވުމުން ، 21 އޮގަސްޓް 2025 ބުރާސްފަތި ދުވަހު ނިންމާފައިވާތީ ، 31 އޮގަސްޓް 2025 އިން ފެށިގެން 21 ސެޕްޓެމްބަރ 2025 ގެ ނިޔަލަށް ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޢާޡިމް ޢަލީ ހުންނަވާނީ އަހަރީ ޗުއްޓީގައެވެ.
ވީމާ، ކައުންސިލްގެ ރައީސް ޗުއްޓީގައި ހުންނަވާ މުއްދަތުގައި ، ކައުންސިލްގެ ހިންގުމާއި ހަވާލުވެ ހުންނަވާނީ ކައުންސިލްގެ ނައިބުރައީސް އަލްފާޟިލް އިބްރާހީމް ނިޝާމް ( 7888673 ) ކަމުގައި ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.