ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ކައުންސިލްގެ މައްޗަށް ބޭއްވުމަށް ލާޒިމްކޮށްފައިވާ ރައްޔިތުންގެ ބައްދަލުވުމާއިގުޅޭ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ބޭއްވުމަށް މި ކައުންސިލްގެ މައްޗަށް ލާޒިމުކުރާ ޖުލައި މަހުގެ ބައްދަލުވުމާއި ، 107 ވަނަ މާއްދާގެ (ނ) ގެ ދަށުން ބޭއްވުމަށް ލާޒިމުކޮށްފައިވާ ބައްދަލުވުން ، މ.މަޑުއްވަރީ ކައުންސިލްގެ 178 ވަނަ އާންމު ބައްދަލުވުމުގައި ނިންމާފައިވާ ގޮތަށް 2025 ޖުލައި 30 ވަނަ ދުވަހުގެ ރޭގަނޑު 20:30 ގައި މ.މަޑުއްވަރީ ކައުންސިލްގެ ދަސްވަނި މާލަމުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި އިއުލާނާއެކު ބައްދަލުވުމުގައި ހިއްސާކުރުމަށް ލާޒިމުކޮށްފައިވާ ރިޕޯޓްތައް އެއްކަރުދާސްކޮށް އާންމުކޮށްފައިވާނެއެވެ.
ބައްދަލުވުމުގެ އެޖެންޑާ :
1. ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް
2. މ.މަޑުއްވަރީގައި ކުރިޔަށް ގެންދާ މަޝްރޫޢުތަކާއި ކުރިޔަށް ގެންދިޔުމަށް ކައުންސިލުން ގަސްތުކުރާ މަސައްކަތުގެ މަޢުލޫމާތު ހިއްސާކުރުން
3. 2025 ވަނަ އަހަރުގެ ފުރަތަމަ 6 މަހުގައި ކުރެވުނު މަސައްކަތްތައް ހިއްސާކުރުން
4. ވީމާ ، މި ބައްދަލުވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެދި ދަޢުވަތު އަރުވަމެވެ.