އާއްމު އެންގުން
މ.މަޑުއްވަރީގެ މަގުތަކާއި ގޯޅިތަކުގައި ގަސްއިންދުމުގެ އުޞޫލުގެ ޑްރާފްޓަށް ، ޚިޔާލާއި ކޮމެންޓްކުރުމުގެ ފުރުޞަތު ހުޅުވާލުން
ނަންބަރު:
(IUL)369/369/2025/72
ޕަބްލިޝްކުރި ތާރީޚު:
15 ޖުލައި 2025
ސުންގަޑި:
22 ޖުލައި 2025
މ.މަޑުއްވަރީ ކައުންސިލްގެ ފަރާތުން އެކުލަވާލާފައިވާ ، މ.މަޑުއްވަރީގެ މަގުތަކާއި ގޯޅިތަކުގައި ގަސްއިންދުމުގެ އުޞޫލުގެ ޑްރާފްޓަށް ޢާންމުންގެ ޚިޔާލު ހޯދުމަށް މިއަދުން ފެށިގެން ހުޅުވާލަމެވެ. މި އިޢުލާނާއި އެކު އުޞޫލުގެ ޑްރާފްޓް އާންމުކުރެވިފައިވާނެއެވެ.
ވީމާ ، މި އުޞޫލަށް އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ 22 ޖުލައި 2025 ވާ އަންގާރަދުވަހުގެ 13:00 ގެ ކުރިން މ.މަޑުއްވަރީ ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް info@maduvvari.gov.mv އަށް މެއިލްކުރެއްވުން އެދި ދެންނެވީމެވެ.
ލިޔުން
ޑައުންލޯޑް