މ.މަޑުއްވަރީ ކައުންސިލްގެ 1 ވަނަ ޤުރުއާން މުބާރާތުގެ ގަވާއިދަށް ޚިޔާލާއި ކޮމެންޓްކުރުމުގެ ފުރުޞަތު ހުޅުވާލުން
އިއުލާނު
ނަންބަރު :
(IUL)369/369/2025/48
ޕަބްލިޝްކުރި ތާރީޚު :
24 އޭޕްރީލު 2025
ސުންގަޑި :
15 މޭ 2025
މ.މަޑުއްވަރީ ކައުންސިލްގެ ފަރާތުން މިއަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ގަސްތުކުރާ 1ވަނަ "ހިތްފަހި މ.މަޑުއްވަރި ރަންތާޖު ޤުރުއާން މުބާރާތް " އަށް އެކުލަވާލެވިފައިވާ މުބާރާތުގެ ޤަވާއިދަށް ޢާންމުންގެ ޚިޔާލު ހޯދުމަށް މިއަދުން ފެށިގެން ހުޅުވާލަމެވެ. މި އިޢުލާނާއި އެކު ގަވާއިދުގެ ޑްރާފްޓް އާންމުކުރެވިފައިވާނެއެވެ.
ވީމާ ، މި ގަވާއިދަށް އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ 15 މެއި 2025 ވާ ބުރާސްފަތިދުވަހުގެ 13:00 ގެ ކުރިން މ.މަޑުއްވަރީ ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް info@maduvvari.gov.mv އަށް މެއިލްކުރެއްވުން އެދި ދެންނެވީމެވެ.