ބަނދަރު ހޮޅުއަށީގައި ކުރަންޖެހޭ މަރާމާތުތައް ކޮށް ހޮޅުއަށި އަޕްގްރޭޑްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
މ. މަޑުއްވަރީ ބަނދަރު ހޮޅުއަށީގައި ކުރަންޖެހޭ މަރާމާތުތައްކޮށް ހޮޅުއަށި އަޕްގްރޭޑްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ފުރަތަމަ އިޢުލާނަށް ޝައުގުވެރިކަން ފާޅުކޮށް ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރި ފަރާތްތަކުގެ އަދަދު މަދުވުމާ ގުޅިގެން މިމަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމަށް 2 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ. މ. މަޑުއްވަރީ ބަނދަރު ހޮޅުއަށީގައި ކުރަންޖެހޭ މަރާމާތުތައްކޮށް ހޮޅުއަށި އަޕްގްރޭޑްކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށް ދިނުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ބީލަމަށްކުރިމަތި ލެވޭނެ ފަރާތްތަކާއި ބީލަމާގުޅޭ މައުލޫމާތު މިއިއުލާނާ އެޓޭޗް ކުރެފިފައިވާ ބީލަން ފޮތުގައި ވާނެއެވެ.
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ (ނަންނޯޓް) ކުރަންއެދޭ ފަރާތްތަކުން 10 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހު 13:00 ގެ ނިޔަލަށް ރަޖިސްޓަރ (ނަން ނޯޓް) ކުރުމަށް ފުރުޞަތު ހުޅުވާލަމެވެ. މ. މަޑުއްވަރީ ކައުންސިލްގެ އިދާރާ ބަންދުނޫން ކޮންމެދުވަހަކު 9:00 އިން 13:00 އަށް ކައުންސިލް އިދާރާއަށް ދުރުވެގެންވެސް ރަޖިސްޓްރީ ކުރެވޭނެއެވެ. ތިރީގައިވާ ލިންކު މެދުވެރިކޮށް އޮންލައިން ކޮށްވެސް ރަޖިސްޓްރީ ވެވޭނެއެވެ.
ބީލަން ހުށަހެޅޭނީ ހަމައެކަނި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރި ފަރާތް ތަކަށެވެ.
ރެޖިސްޓްރޭޝަން ފޯމުގެ ލިންކް : https://forms.gle/HZGwjkxpjPGRHGkKA/
މިބީލަމާއި ގުޅޭ މައުލޫމާތު ބީލަންފޮތާއިއެކު ޢާންމުކުރެވިފައިވާތީ ، ޕްރީ ބިޑް މީޓިން ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ. ބީލަމާގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ info@maduvvari.gov.mv އަށް ލިޔުމުން އީމެއިލްކުރެއްވުމުން އެކަމުގެ މަޢުލޫމާތު ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރކޮށްފައިވާ ހުރިހާ ބީލަންވެރިންނަށް އީމެއިލް އިން ފޮނުވޭނެއެވެ. ބީލަމާ ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުން ވާނަމަ 9101005/9555391 ނަމްބަރުތަކާ ގުޅައިގެން އެ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ބީލަން ހުށަހެޅުން އޮންނާނީ 2024 ޑިސެމްބަރ 12 ވާ ބުރާސްފަތި ދުވަހު 13:00 އިން 13:05 ގެ ނިޔަލަށެވެ. ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނީ މ. މަޑުއްވަރީ ކައުންސިލް އިދާރާގެ " ދަސްވަނި މާލަމް " އަށެވެ. ބީލަން ކަޑައި ހުޅުވާނީ 2024 ޑިސެމްބަރ 12 ވާ ބުރާސްފަތި ދުވަހު 13:10 ގައި މ. މަޑުއްވަރީ ކައުންސިލް އިދާރާގެ " ދަސްވަނި މާލަމު " ގައެވެ.
05 ރަބީޢުލްއާޙިރު 1446
04 ޑިސެމްބަރު 2024