ކަނޑައަޅާފައިވާ ވަކި ސަރަހައްދަކަށް ގާކުނޑި އެޅުން
ރަށުގެ އެކި ސަރަޙައްދުތައް ސާފުކުރުމަށްފަހު ހުންނަ ގަލާއި، ކޮންކްރިޓްގަނޑު އަދި އިންފާރާއި އިމާރާތް ތެޅުމަށްފަހު އުފެދޭ ގަލާއި ގާކުނޑި އަދި ސިމެންތި ޓިނާއި ތަށިމުށި އެޅުމަށް ވަކި ޙާއްސަ ސަރަޙައްދެއް ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.
ވީމާ، މިފަދަ ބާވަތުގެ ގާކުނޑި އަޅަން ބޭނުންވާ ފަރާތްތަކުން ރަށުގެ ހުޅަނގު އުތުރު ކަންމަތިން ފެށިގެން ދެކުނަން އޮތް ޖާގައަށް މި ފަދަ ކުނި ގެންދެވުން އެދެމެވެ. ކުނި އަޅަންވާނީ ކައުންސިލްގެ މުވައްޒަފެއްގެ އިރުޝާދުގެ ދަށުންނެވެ. އަދި މިއަދުން ފެށިގެން އެހެން ސަރަޙައްދަކަށް ގަލާއި ގާކުނޑި އަދި އެހެނިހެން ކުނި އެޅުމަކީ މަނާކަމެއް ކަމުގައި ދެންނެވީމެވެ.
އަދި ރަށް ވަށައިގެން ހޭޅިފަށުގައި އަދި ގޯތިން ބޭރުގައި ބަހައްޓާފައިވާ އެކި ފަރާތްތަކުގެ ގައު ފުނިތައް މިއަދު ( 06 އޭޕްރީލް 2025 ) އިން ފެށިގެން 30 ދުވަހުގެ ތެރޭގައި ( 06 މެއި 2025 ގެ ކުރިން ) އެ ފަރާތެއްގެ ބެލުމުގެ ދަށުގައިވާ ގޯއްޗަކަށް ނުވަތަ ބިމަކަށް ވެއްދެވުން އެދެމެވެ. މި ތާރީޚުގެ ފަހުން ބޭރުގައި ހުންނަ ގާފުނިތަކާމެދު ކައުންސިލްއިން ނިންމާ ގޮތެއްގެ މަތީން އަމަލުކުރާނެ ވާހަކަ ދަންނަވަމެވެ.
ގާކުނޑި އުކޭނެ ގަޑިތައް ތިރީގައި އެވަނީއެވެ.
ރަސްމީ ދުވަސްތައް - ހެނދުނު 8:30 ން ހަވީރު 17:00 ހަމައަށް
ނުރަސްމީ ދުވަސްތައް - މެންދުރު 2:30 ން ހަވީރު 17:00 ހަމައަށް