ގަބުރަސްތާނުގެ ދެކުނުކޮޅު ފާރު ތަޅާލާ ، ގަބުރަސްތާނުގެ އެތެރެއިން އަލުން ފާރު ރޭނުމުގެ މަސައްކަތްކޮށްދިނުން

މަސައްކަތް
ނަންބަރު : (IUL)369-AS-369/2025/26
ޕަބްލިޝްކުރި ތާރީޚު : 04 މާރިޗު 2025
ސުންގަޑި : 13 މާރިޗު 2025

މިކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތައް ކުޅިވަރު ބިމާ އިންވެގެންވާ މ.މަޑުއްވަރީ ޤަބުރުސްތާނުގެ ފާރު (ޤަބުރުސްތާން ދެކުނު ފާރު) އިން 72 ފޫޓްގެ ބައެއް ތަޅާލައި ތަން ސާފުކުރުމަށްފަހު 6 ފޫޓް އުސްމިނުގައި 72 ފޫޓް ދިގު ފާރެއް އިރުން ހުޅަނގަށް އަދި 6 ފޫޓް އުސްމިނުގައި 32 ފޫޓް ދިގު ފާރެއް އުތުރުން ދެކުނަށް ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު : (IUL)369-AS/369/2025/15 ( 11 ފެބުރުއަރީ 2025 ) އެކަށީގެންވާ މިންވަރަށް ތަރުހީބު ލިބި ، ހުށަހެޅުން ލިބިފައިނުވާތީ ، 3 ވަނަ ފަހަރަށް މި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ. މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮއްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން ބީލަން ހުށަހެޅުމަށް ނަންނޯޓް ކޮށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

 | ބީލަން ހުށަހެޅުމަށް ނަންނޯޓްކުރުން | 04 މާރިޗު 2025 ވަނަ ދުވަހުގެ 12:00 އިން ފެށިގެން 11 މާރިޗު 2025 ވަނަ ދުވަހުގެ 13:00 އާއި ހަމައަށް ލިންކް : https://forms.gle/UbwJXeFy3VZacKaL8
| މަޢުލޫމާތު ސާފުކުރުން | މި ބީލަމާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ. މި ބީލަމާއި ގުޅޭ އެންމެހާ މަޢުލޫމާތުތައް މި އިޢުލާނާ އެއްކަރުދާސްކޮށް އާންމުކޮށްފައިވާނެއެވެ. 
| ބީލަން ހުށަހެޅުން | 13 މާރިޗު 2025 ، ބުރާސްފަތި 11:00 ، މ.މަޑުއްވަރީ ކައުންސިލްގެ އިދާރާ އަށް ހާޟިރުވެ

މިހެންވެ، މިކަން ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.