ވެލިފުރާނާ އަލުން އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން
އިޢުލާން
މަސައްކަތް : ވެލިފުރާނާ އަލުން އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން
މިކައުންސިލުން ދޭ މައުލޫމާތާއި ކުޅިވަރު ބިމާ އިންވެގެންވާ މ.މަޑުއްވަރީ ޤަބުރުސްތާނުގެ ފާރު ( ޤަބުރުސްތާން ދެކުނު ފާރު )އިން ފެށިގެން އެތެރެއަށް 32 ފޫޓް ފުޅާ 72 ފޫޓް ދިގު ސަރަހައްދެއް ވިނަނޮޅައި ސާފުކޮށް ފެން ޖެހޭ މިންވަރަށް (އާންމުގޮތެއްގައި 3 ފޫޓް ފުންމިން) ކޮނެ ވެލި ފުރޭނުމަށް ފަހު އަލުން އެތަނަށް ފަސްއަޅައިދީ ލެވެލްކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވެލި ފުރާނާއިރު ކަށި ފެނުނުނަމަ އެކަށިތައް ނަގައި ކައުންސިލުން ދޭ އިރުޝާދާއި އެއްގޮތަށް ޤަބުރުސްތާނުގެ އެހެން ސަރަހައްދެއްގައި ވަޅުލުމުގެ މަސައްކަތް ކޮށްދެއްވަންވާނެއެވެ. މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮއްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން ބީލަން ހުށަހެޅުމަށް ނަންނޯޓް ކޮށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
| ބީލަން ހުށަހެޅުމަށް ނަންނޯޓްކުރުން | 11 ފެބުރުއަރީ 2025 ވަނަ ދުވަހުގެ 12:00 އިން ފެށިގެން 20 ފެބުރުއަރީ 2025 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް ލިންކް : https://forms.gle/UbwJXeFy3VZacKaL8
| މަޢުލޫމާތު ސާފުކުރުން | މި ބީލަމާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ. މި ބީލަމާއި ގުޅޭ އެންމެހާ މަޢުލޫމާތުތައް މި އިޢުލާނާ އެއްކަރުދާސްކޮށް އާންމުކޮށްފައިވާނެއެވެ.
| ބީލަން ހުށަހެޅުން | 23 ފެބުރުއަރީ 2025 ، އާދީއްތަ 13:30 ، މ.މަޑުއްވަރީ ކައުންސިލްގެ އިދާރާ އަށް ހާޟިރުވެ
މިހެންވެ، މިކަން މަޢުލޫމާތައްޓަކައި ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.
ގެޒެޓްކުރެވުނު ލިންކް : https://www.gazette.gov.mv/iulaan/327750
ޚާދިމުކުމް
މުޙައްމަދު ޢާޡިމް ޢަލީ
ކައުންސިލްގެ ރައީސް