މުލަކަތޮޅު މަޑުއްވަރީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ހިތްފަހި ފުޓްސަލް ޗެލެންޖް 2026 މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލުމާއިގުޅޭ
މުލަކަތޮޅު މަޑުއްވަރީ ކައުންސިލުން ބާއްވާ ހިތްފަހި ފުޓްސަލް ޗެލެންޖް 2026، 30 އޮކްޓޯބަރ 2026 ވާ (ހުކުރު) ދުވަހު ފެށުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ ، މ.މަޑުއްވަރީ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙް އާލާކޮށް ، ޒުވާނުންނަށް ކުޅިވަރުގެ ފުރުޞަތު ފަހިކޮށްދީ ، ކުޅިވަރުގެ ދާއިރާއިން ޒުވާނުން ކުރިއަރައި ދިޔުމަށް ހިތްވަރުދީ ބާރުއެޅުމުގެ މަޤްޞަދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މިމުބާރާތުން ވާދަވެރި މެޗްތަކެއް ކުޅުމުގެ ފުރުސަތު މ.މަޑުއްވަރީ ޒުވާނުންނަށް ހޯދައިދިނުމުގެ ގޮތުން މީމު އަތޮޅުގެ ހުރިހާ ރަށަކުން ޓީމުތައް ބައިވެރި ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު 2026 އޮކްޓޯބަރ 16 ވާ ހުކުރު ދުވަހުގެ ރޭގަނޑު 00:00 ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. މި އިޢުލާނާއި އެކު މުބާރާތުގެ ގަވާއިދު އަދި މުބާރާތުގެ ޓީމް ރަޖިސްޓްރޭޝަން ފޯމްގެ ލިންކް އާންމުކުރެވިފައިވާނެއެވެ.
| މުބާރާތުގެ ގަވައިދު: | https://drive.google.com/file/d/1N71ZDKEQD0FlJjHZ5QZ-3MRCY52TzYOu/view?usp=drive_link
| މުބާރާތުގެ ޓީމް ރަޖިސްޓްރޭޝަން ފޯމް: | https://forms.fillout.com/t/nbiKLTGizuus
ވީމާ ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.