އެސިސްޓެންޓް ކައުންސިލް އޮފިސަރ
މަޤާމު: | އެސިސްޓެންޓް ކައުންސިލް އޮފިސަރ
މަޤާމުގެ ނަންބަރު: | J-396994
ބޭނުންވާ އަދަދު: | 1 (އެކެއް)
މަޤާމުގެ ގިންތި: | ދާއިމީ
ރޭންކު: | ޖީ. އެސް 3
މަޤާމުގެ ކްލެސިފިކޭޝަން: | އޮފިސަރ ގްރޭޑް 1
ވަޒީފާ އަދާކުރަން ޖެހޭ ތަން: | މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ، މ.މަޑުއްވަރި
މުސާރަ: | މަހަކު 4,465/- (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް) ރުފިޔާ
ސަރވިސް އެލަވަންސް: | މަހަކު 1,500/- (ފަނަރަ ސަތޭކަ) ރުފިޔާ
އެހެނިހެން އެލަވަންސް: | ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/700 ރުފިޔާ.ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 (ތިރީސްފަސް އިންސައްތަ)ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ފެންޝަން ކޮންޓްރިބިއުޝަންސިވިލް ސަރވިސްގެ އެ ރޭންކަކަށް މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ މަދުން ލިބޭ ނަމަ، އެއަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސަވައި ދެވޭނެއެވެ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: | ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާ ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ ރަށްވެހިކަމުގެ ނުވަތަ މުނިސިޕަލް ޚިދުމަތްތަކާގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.ކައުންސިލް އިދާރާ އާއި، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެންމެހާ ތަންތަނަށް ބޭނުންވާ މުއައްޒަފުން ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުމާއި، މުއައްޒަފުންނަށް ނަސޭހަތް ދިނުމާއި، ސިވިލް ސަރވިސް ގަވާއިދުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅަންޖެހޭ މުއައްޒަފުންނަށް އިސްލާހީ ފިޔަވަޅު އެޅުމުގެ ކަންކަން ސެކްޝަންގެ އިސްވެރިޔާގެ ލަފާގެ މަތީންކުރުންސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅުއްވާފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން މުވައްޒަފުންގެ ފެންވަރު ބެލުމުގެ ކަންކަން (އޭޕްރައިޒަލްގެ މަސައްކަތްތައް) ކުރިޔަށް ގެންދިޔުމާއި، މަސައްކަތް ހިނގާ މިންވަރު ބަލައި ސްޕަވައިޒުކުރުމާއި، މަސައްކަތުގެ ފެންވަރު ބެލުމާއި ވަޒަންކުރުމާއި، މުސާރައިގެ ކުރިއެރުން ދިނުމުގެ ކަންކަން ސެކްޝަންގެ ވެރިޔާގެ ލަފާގެ މަތީން ކުރުންކައުންސިލް އިދާރާ އާއި، ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ މުއައްޒަފުންގެ ހާޟިރީ އާއި ސަލާމުގެ ޗުއްޓީގެ ރެކޯޑުތައް ބެލެހެއްޓުމާއި، އިތުރުގަޑީގައި މަސައްކަތްކުރާ މުއައްޒަފުންގެ އިތުރުގަޑީގެ ރިޕޯޓާއި، ގަޑީލާރީގެ ރިޕޯޓް ކޮންމެ މަހެއްގެ 20 ވަނަ ދުވަހުގެ ކުރީން ތައްޔާރުކޮށް ފައިސާ އާއި ބެހޭ ޔުނިޓަށް ފޮނުވުންމުވައްޒަފުންގެ އަހަރީ ޗުއްޓީ ތާވަލް ކޮންމެ އަހަރެއްގެވެސް ޖަނަވަރީމަހުގެ 15 ގެ ކުރިން އެކުލަވާލާއި އާންމުކޮށް ނިންމުމާއި، ސެކްޝަންގެ ވެރިޔާގެ ލަފާގެ މަތީން މި މަސައްކަތްކޮށް ނިންމުންމުވައްޒަފުންގެ ވަޒީފާގެ ބަޔާންތަކާއި، ވަޒީފާގެ އެއްބަސްވުންތައް ސެކްޝަންގެ ވެރިޔާގެ އިރުޝާދުގެ މަތީން އެކުލަވާލާ މުވައްޒަފުން ލައްވާ ސޮއިކުރުވުމާއި، މުވައްޒަފުންނަށް މަސައްކަތްތައް ލިޔުމުން ހަވާލުކުރުމުގެ ކަންކަން ސެކްޝަންގެ ވެރިޔާގެ ލަފާގެ މަތީން ކޮށްނިންމުންކައުންސިލް އިދާރާ އާއި، ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ މުއައްޒަފުންނަށް ޗުއްޓީ ދިނުމުގެ ދިނުމުގެ އިދާރީ އެންމެހާ މަސައްކަތްތައް ސެކްޝަންގެ ވެރިޔާގެ ލަފާގެ މަތީން ކޮށްނިންމުންކައުންސިލް އިދާރާ އާއި، ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ ދާއިމީ މުއައްޒަފުންގެ ރަޖިސްޓްރީއާއި ، ވަގުތީ މުއައްޒަފުންގެ ރަޖިސްޓްރީ އަށް އަންނަ އުނި އިތުރު ލިޔެ ބެލެހެއްޓުންކައުންސިލް އިދާރާގެ މުއައްޒަފުންގެ ރެކޯޑުފައިލުތައް ބެލެހެއްޓުންސެކްޝަން ވެރިޔާ އަންގަވާ ގޮތެއްގެ މަތީން ސިވިލް ސަރވިސް ގަވާއިދާއި، އުސޫލުތަކުގެ ތެރެއިން މުއައްޒަފުންނަށް މުސާރައިގެ ކުރިއެރުން ހޯދައިދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުންސެކްޝަންގެ ވެރިޔާ އަންގަވާ ގޮތެއްގެ މަތީން ކައުންސިލް އިދާރާގެ މުއައްޒަފުންނަށް ތަފާތު ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހޯދައިދިނުމާއި، މުއައްޒަފުންނަށް ބޭނުންވާ ތަމްރީނުތަކަކީ ކޮބައިތޯ ބަލައި އެ ތަމްރީނުތައް އެ މުއައްޒަފުންނަށް ހޯދައިދިނުމަށް މަސައްކަތްކުރުންސެކްޝަން ވެރިޔާ އަންގަވާ ގޮތުގެ މަތީން ކައުންސިލް އިދާރާގެ އޮނިގަނޑު ތައްޔާރުކުރުންކައުންސިލްގެ ބައްދަލުވުންތަކަށާއި، ޖަލްސާ އަދި އިވެންޓްތަކަށް ކައުންސިލަރުންނަށާއި، ކައުންސިލްގެ މުއައްޒަފުންނަށް ދެންނެވުމަށާއި، ކައުންސިލްގެ ބައްދަލުވުންތަކުގެ އެޖެންޑާ ކައުންސިލްގެ މެމްބަރުންނަށް ފޮނުވުންކައުންސިލްގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި، ކައުންސިލްގެ އާންމު/ކުއްލި ބައްދަލުވުންތަކުގެ ޔައުމިއްޔާ އަތޮޅު ކައުންސިލަށް ފޮނުވުމަށާއި، ކައުންސިލްގެ ބައްދަލުވުންތަކުން ނިންމާ ނިންމުންތައް ލިޔެ ބެލެހެއްޓުމާއި، އެ ނިންމުންތައް އާންމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސެކްޝަންގެ ވެރިޔާގެ ލަފާގެ މަތީން ކޮށްނިންމުންކައުންސިލް މެމްބަރުންގެ ހާޟިރީ އާއި، ކައުންސިލް އިދާރާގެ މުއައްޒަފުންގެ ހާޟިރީ ބެލެހެއްޓުމާއި، ކައުންސިލް މެމްބަރުންގެ ޗުއްޓީގެ ރެކޯޑުތަކާއި، ރަސްމީ ބޭނުމަށް ދޫކުރެވޭ މުއައްޒަފުން/ކައުންސިލަރުންގެ ރެކޯޑުތައް ފުރިހަމައަށް ބެލެހެއްޓުންއީކައުންސިލް ވުނަ، ސީއެސްވިއުގަ އަދި އެހެނިހެން މޮޑިއުލްތަކުގެ ތެރެއިންވެސް ހަވާލުކުރެވިފައިވާ މަސައްކަތްތައްކުރުންސެކްޝަންވެރިޔާ އަންގަވާ ގޮތެއްގެ މަތީން އިދާރީ މަސައްކަތްތައްކުރުމާއި، ކައުންސިލްގެ އެހެނިހެން މަސައްކަތްތަކުގައި ބައިވެރިވެ މަސައްކަތްކުރުން
މަޤާމުގެ ޝަރުޠުތައް: | ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ހާސިލްކޮށްފައިވުން.ނުވަތަސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
ގުޅޭ ވަޒީފާގެ ދާއިރާތައްއެޑްމިނިސްޓްރޭޝަންމެނޭޖްމެންޓް
ހުށަހަޅަންޖެހޭ ލިޔުންތައް: | ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docxވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: | މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 ފެބްރުއަރީ 2025 ގެ 13:00 ގެ ކުރިން، މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް info@maduvvari.gov.mv މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ޝޯޓްލިސްޓުކުރުން: | މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު: | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ، 03 މާރިޗު 2025 އާއި 20 މާރިޗު 2025 އާ ދެމެދު، މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ ގައެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން | އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 67200038 އަށެވެ. އީ-މެއިލް ކުރާނީ info@maduvvari.gov.mv އަށެވެ.ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު"(https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.