އާއްމު އެންގުން
އަލަށް އިންތިޚާބުކުރެވުނު ކައުންސިލަރުންނާއި އ.ތ.މ ކޮމެޓީގެ މެމްބަރުން ހުވާކުރުމާ ގުޅޭ
ނަންބަރު:
(IUL)369-AS/369/2026/13
ޕަބްލިޝްކުރި ތާރީޚު:
10 މޭ 2026
ސުންގަޑި:
30 މޭ 2026
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (7/2010) ގެ ދަށުން އުފެދިފައިވާ ރަށު/ސިޓީ ކައުންސިލްތަކުގެ 05 ވަނަ ދަޢުރަށް އިންތިޚާބުކުރެވުނު ކައުންސިލަރުން ހުވާކުރުމާއި 04 ވަނަ ދައުރަށް އިންތިހާބުކުރެވުނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުން އިޤްރާރުވުމުގެ ދަރުބާރު ކުރިއަށް ދާނީ 2026 މޭ 17 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:15 ގައި މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާގެ ދަސްވަނި މާލަމުގައެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
ލިޔުން
ޑައުންލޯޑް