ކައުންސިލް އިދާރާގެ އެކޮމަޑޭޝަން ބްލޮކް ތަރައްޤީ ކުރުމުގެ މަސައްކަތްކުރުމަށްޓަކައި ބިން ސާފުކުރުން
ކައުންސިލް އިދާރާގެ އެކޮމަޑޭޝަން ބްލޮކް އެޅުމަށް މީގެ ކުރިން ހަމަޖެހިފައިވާ "މާހިޔާ" ބިމުގެ ބަދަލުގައި، މި އެކޮމަޑޭޝަން ބްލޮކް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ބިން ރީއެލޮކޭޓް ކުރެވި، ޗާލީގެ އުތުރުން އިންވެގެން ކައުންސިލް އިދާރާގެ ކުރި މައްޗަށް އޮތް ހުސް ބިމަށްވަނީ މިހާރުވަނީ ބަދަލުކުރެވިފައެވެ. އަދި 2026 ޖަނަވަރީ 19 ވަނަ ދުވަހު މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެވި ކޮންޓްރެކްޓަރާވަނީ މަސައްކަތް ކުރުމަށް ސައިޓް ހަވާލުކުރެވިފައެވެ. އެހެންކަމުން، އެ ބިމުގައި ހުރި އަމިއްލަ ފަރާތްތަކުގެ އެންމެހާ ތަކެތި 2026 މާރިޗް 10 ވަނަ ދުވަހުގެ ކުރިން އެ ބިމުން ނަގައި ބިން ސާފުކުރުމަށް ދަންނަވަމެވެ.
ވީމާ މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ. މި އިޢުލާނާއެކު އެކޮމަޑޭޝަން ބްލޮކް އެޅުމަށް މިހާރު ހަމަޖެހިފައިވާ ބިން އަންގައިދޭ ކުރެހުން ހިމަނަމެވެ.