ރައްޔިތުންނާއި ބައްދަލުކުރުމާގުޅޭ
މ.މަޑުއްވަރީ ކައުންސިލްގެ ފަރާތުން، ރަށުގެ ރައްޔިތުންނަށް ބައްދަލުކުރުމަށް މިކައުންސިލްގެ 4 ވަނަ ދައުރުގެ 209 ވަނަ ބައްދަލުވުމުން ނިންމާފައި ވާތީ، މިބައްދަލުވުން 2026 މާރިޗް 03 ވާ އަންގާރަ ދުވަހުގެ (މާދަމާ) ރޭގަނޑު 21:30 ގައި މ.މަޑުއްވަރީ ކައުންސިލްގެ ދަސްވަނި މާލަމުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ، މި ބައްދަލުވުމަށް ރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވަމެވެ. މި ބައްދަލުވުމަށް ވީހާ ވެސް ގިނަ ރައްޔިތުން ވަޑައިގެން ދެއްވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް ކަމުގައި ދަންނަވަމެވެ.
ބައްދަލުވުމުގެ އެޖެންޑާ :
1. މާހިޔާ އެކޮމަޑޭޝަން ބްލޮކް އަޅާ ބިމާއި ގުޅިގެން ރައްޔިތުންގެ ޚިޔާލު ހޯދުން
2. އިރުވައި ފަރާތުގައި ބަނދަރު އެޅުމާއި ގުޅިގެން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޓަރގެ ފަރާތުން ފޮނުވާފައިވާ ކުރެހުން ރައްޔިތުންނާ ހިއްސާކުރުން
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.