1447 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ބެހޭ

އާއްމު އެންގުން
ނަންބަރު : (IUL)369-AS/369/2026/9
ޕަބްލިޝްކުރި ތާރީޚު : 17 ފެބުރުވަރީ 2026
ސުންގަޑި : 22 މާރިޗު 2026

1447 ވަނަ އަހަރު މުޅި ރާއްޖޭގައި ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށް ގެންދިޔުންމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޒަކާތުހައުސްއިން ކަނޑައަޅައި ޢާންމުކުރާ އޮންލައިން ޕްލެޓް ފޯމްތަކުންކަމަށް ވާތީ، މިކައުންސިލުން ޒަކާތު ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިނުވާ ކަމުގައި ދަންނަވަމެވެ. އެހެންކަމުން މިއަހަރުގެ ފިތުރު ޒަކާތު ފައިސާ މިކައުންސިލްގެ އެއްވެސް އެކައުންޓަކަށް ޓްރާންސްފަރ ނުކުރެއްވުމަށް ދަންނަވަމެވެ. އަދި ފިތުރު ޒަކާތުގެ ނަގުދު ފައިސާވެސް މިކައުންސިލުން ބަލައިނުގަންނާނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ. 

                 މި އަހަރުގެ ފިޠުރު ޒަކާތް ބަލައިގަންނާނީ 02 ރަމަޟާން 1447 ވަނަ ދުވަހުން ފެށިގެން 28 ރަމަޟާން 1447 ވަނަ ދުވަހުގެ ނިޔަލަށެވެ. 

ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ އޮންލައިން ޕްލެޓްފޯމްތައް:

 | # | އިދާރާ / މުއައްސަސާ | ސުންގަޑިތައް
 | 1 | ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) | 28 ރަމަޟާން 1447 ގެ ހެނދުނު 6:00
 | 2 | އުރީދޫ | 28 ރަމަޟާން 1447 ގެ ހެނދުނު 6:00
 | 3 | މޯލްޑިވްސް އިސްލާމިކް ބޭންކް | 28 ރަމަޟާން 1447 ގެ ހެނދުނު 6:00
 | 4 | ބޭންކް އޮފް މޯލްޑިވްސް | 28 ރަމަޟާން 1447 ގެ ހެނދުނު 6:00
 | 5 | ފަހިޕޭ | ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00
 | 6 | ބަނޑޭރިޕޭ | ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00
 | 7 | އަވަސް އެޕް | ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

                 ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

29 ޝަޢުބާން 1447

17 ފެބްރުއަރީ 2026

ނޯޓް: ރަމަޟާންމަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކަކަށްވާތީ، އޮންލައިންކޮށް ޒަކާތް ދެއްކުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން  ރަމަޟާންމަހުގެ ފަހު 10ގެ ކުރިން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:00 - 13:00 އާ ދޭތެރޭގައި ކައުންސިލަށް ދުރުވުމުން އެހީތެރިކަން ލިބިގެން ދާނެކަމުގައި ދަންނަވަމެވެ.  

ޑައުންލޯޑް ކުރުމަށް