ރައްޔިތުންނާއި ބައްދަލުކުރުމާގުޅޭ

އާއްމު އެންގުން
ނަންބަރު : (IUL)369-AS/369/2026/8
ޕަބްލިޝްކުރި ތާރީޚު : 15 ފެބުރުވަރީ 2026
ސުންގަޑި : 23 ފެބުރުވަރީ 2026

               ލާމަރުކަޒީ ގާނޫނުގެ 107ވަނަ މާއްދާގެ ދަށުން ރައްޔިތުންނަށް އާންމުކޮށް ހުޅުވާލެވިގެން ފެބްރުއަރީ މަހުގައި ބާއްވާ ރައްޔިތުންގެ ބައްދަލުވުން ބައްދަލުވުން، މ.މަޑުއްވަރީ ކައުންސިލްގެ 208 ވަނަ އާންމު ބައްދަލުވުމުގައި ނިންމާފައިވާ ގޮތުގެ މަތިން 2026 ފެބްރުއަރީ 23 ވާ ހޯމަ ދުވަހުގެ ރޭގަނޑު 21:30 ގައި މ.މަޑުއްވަރީ ކައުންސިލްގެ ދަސްވަނި މާލަމުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.  

               ވީމާ، މި ބައްދަލުވުމަށް ރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވަމެވެ. މި ބައްދަލުވުމަށް ވީހާ ވެސް ގިނަ ރައްޔިތުން ވަޑައިގެން ދެއްވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް ކަމުގައި ދަންނަވަމެވެ.  

ބައްދަލުވުމުގެ އެޖެންޑާ : 

1.       އަހަރީ ރިޕޯޓް ހިއްސާކުރުން

2.       2025 ވަނަ އަހަރުގެ މާލީ ހިސާބުތައް ހިއްސާކުރުން

3.       ދިވެހި ފުލުހުންގެ ފަރާތުން މިރަށުގައި ޕޮލިސް ސްޓޭޝަނެއް ގާއިމް ކުރުމަށް ބިން ހޯދުމަށް އެދި ހުށަހަޅާފައިވާތީ މިކަމާއި ގުޅިގެން ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯދުން

4.       ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުން

                މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ. 

ޑައުންލޯޑް ކުރުމަށް