ލޯކަލް ކައުންސިލްގެ އިންތިޚާބާއި އަންހެނުންގެ ތަރއްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026، ކެނޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތުނެގުން
2026 އެޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލައި، ޝަރުތުހަމަވެފައިވާ ފަރާތްތަކުގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ބާއްވާ ގުރުއަތުނެގުމާއި ނަންތައް އިޢުލާންކުރުން 2026 ފެބްރުއަރީ 12 ވާ ބުރާސްފަތި ދުވަހުގެ 10:00ގައި މ. މަޑުއްވަރީ ކައުންސިލް އިދާރާގެ ދަސްވެނި މާލަމުގައި އޮންނާނެއެވެ.
ކެނޑިޑޭޓުގެ ބަދަލުގައި އެހެން ފަރާތެއް ގުރުއަތުނެގުމަށް ހާޟިރުވާނަމަ ކެނޑިޑޭޓުގެ ސިޓީ (ބަދަލުގައި ޙާޟިރުވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި އައިޑީކާޑު ނަންބަރު ހިމެނޭގޮތަށް) އަދި ޙާޟިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ. ގުރުއަތު ނެގުމަށް ހަމަޖެހިފައިވާ ގަޑިއަށް ކެނޑިޑޭޓް ނުވަތަ ކެނޑިޑޭޓްގެ ބަދަލުގައި ހަމަޖައްސާ ފަރާތުގެ ލިޔުމާއެކު އެހެން ފަރާތެއް ހާޟިރުނުވާނަމަ، ކެނޑިޑޭޓުގެ ބަދަލުގައި ގުރުއަތުނަގާނީ އިލެކްޝަން ކޮމިޝަނުން މި އިންތިޚާބާއި ގުޅިގެން ކަނޑައަޅާފައިވާ ކައުންސިލްގެ ފޯކަލް ޕޮއިންޓް ކަމުގައިވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ވީމާ، މިކަން ހުރިހާ ކެނޑިޑޭޓުން އަދި ޢާއްމު ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ގުރުނަގާނެ ތަރުތީބު ތިރީގައި އެވަނީއެވެ.
1. ކައުންސިލްގެ ރައީސް
2. އ.ތ.މ ކޮމިޓީގެ ރައީސް
3. ކައުންސިލްގެ އަންހެން މެންބަރު
4. ކައުންސިލްގެ ޢާންމު މެންބަރު
5. އ.ތ.މ ކޮމިޓީގެ މެންބަރު