1447 ވަނަ އަހަރުގެ ރަމަޟާން މަހު ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރުމަށް ގެންނަ ޙާފިޡު ބެހެއްޓުމާއި ގުޅޭ (.)

އާއްމު އެންގުން
ނަންބަރު : (IUL)369/369/2026/5
ޕަބްލިޝްކުރި ތާރީޚު : 08 ފެބުރުވަރީ 2026
ސުންގަޑި : 11 ފެބުރުވަރީ 2026

އެހެން އަހަރު ތަކެކޭއެއްގޮތަށް މިއަހަރުވެސް ރަމަޟާން މަހު ހިފްޡުކޮށް ތަރާވީޙް ނަމާދު ކުރުމަށް ހާފިޡު ގެނައުމަށް، މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ 4 ވަނަ ދައުރުގެ 198 ވަނަ އާންމު ބައްދަލުވުމުންވަނީ ނިންމާފައެވެ. ކައުންސިލުން ގެންނަ ޙާފިޡުގެ ހުރުމާއި ކެއުން އަދި އަންނައުނު ދޮވުމާއި އިސްތިރި ކުރުމުގެ ޚިދުމަތް ހިލޭ ސާބަހަށް ފޯރުކޮށްދިނުމަށް އެދޭފަރާތްތަކުން 11 ފެބްރުއަރީ 2026 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން އެކަން ކައުންސިލަށް ލިޔުމުން އަންގާ ދެއްވުން އެދެމެވެ.

ވީމާ، މިއަގުހުރި ފުރުޞަތު ހުޅުވާލެވިފައިވާތީ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި އެވާހަކަ ދެންނެވީމެވެ.

ޑައުންލޯޑް ކުރުމަށް