މ.މަޑުއްވަރީގެ މިސްކިތްތަކުގައި މަސައްކަތްކުރައްވާ އިމާމުން/މުދިމުން ޗުއްޓީ ނެގުމުން (އަހަރީ ޗުއްޓީ/އާއިލީ ޒިންމާ)، ސަލާމް ބުނުމުން، ވޭޖްއެމްޕްލޯއިމަންޓްގެ ދަށުން މިސްކިތުގައި މަސައްކަތްކުރައްވާނެ އިމާމުން/މުދިމުން ބޭނުންވެއްޖެ.
މ.މަޑުއްވަރީ މިސްކިތްތަކުގައި މަސައްކަތްކުރައްވާ އިމާމުން/މުދިމުން، ޗުއްޓީ ނެގުމުން (އަހަރީ ޗުއްޓީ/އާއިލީ ޒިންމާ ޗުއްޓީ) ނުވަތަ ސަލާމް ބުނުމުން، ނުވަތަ ދާއިމީ މުވައްޒަފަކު ވަޒީފާއިން ވަކިވުމުން އެ މަގާމަށް މުވައްޒަފަކު ހަމަޖެއްސުމަށް ނަގާ މުއްދަތުގައި ނުވަތަ މަސައްކަތަށް ހާޟިރުނުވެވޭ ހާލަތްތަކުގައި، ވޭޖްއެމްޕްލޯއިމަންޓްގެ ދަށުން 1 (އެކެއް) އަހަރު ދުވަހަށް، އެ މަސައްކަތައް މ.މަޑުއްވަރީ ކައުންސިލާއި ދެމެދު ވެވޭ އެއްބަސްވުމާއި އެއްގޮތައް ކުރާނެ މީހުން ބޭނުންވެއްޖެއެވެ. މިގޮތަށް ބޭނުންވާ މީހުންނަކީ، އިސްވެދެންނެވުނު ހާލަތްތަކުގައި އެއްބަސްވުން ހަދާ ވަކި ތަރުތީބަކުން މަސައްކަތްކުރުމަށް ހަވާލުކޮށްގެން މަސައްކަތް ކުރަމުން ގެންދަވާނެ ފަރާތްތަކެކެވެ.
ބޭނުންވާ މަގާމް: އިމާމު / މުދިމް
ބޭނުންވާ އަދަދު :2
އިމާމު / މުދިމު ގެ ޝަރުތު:
· އިމާމު ނުވަތަ މުދިމުކަމުގެ ސަނަދު އޮތުން ނުވަތަ
· ޤާރީ ކޯސް 3 ނިންމާ ސެޓްފިކެޓް ހާޞިލްކޮށްފައިވާ މީހެއް ކަމުގައިވުން
ނޯޓް: ޝަރުތު ހަމަވާ މީހަކު ނުލިބިއްޖެނަމަ، ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ޤުރުޢާން ކިޔަވަން ދަންނަ މީހުންނަށް ފުރުސަތު ދެވޭނެއެވެ. މި ވަޒީފާ ހަވާލުކުރުމުގައި ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ޤުރުޢާން ކިޔަވަން އެނގޭތޯ އާއި އިމާމުވެ ނަމާދުކުރާ މީހަކަށް އެނގެންޖެހޭ މައިގަނޑު ބައިތަކުން އިމްތިހާނު ކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.
| # | މަގާމު | ވަޒީފާގެ ޝަރުތު | ދުވާލަކު މަސައްކަތްކުރައްވަންޖެހޭ ގަޑީގެ އަދަދު | ކޮންމެ ނަމާދެއްގެ ވަގުތަކަށް
| 1 | އިމާމު | ސަނަދު އޮންނަ މީހަކަށް | 5 ގަޑިއިރު | 61.00
| 2 | މުދިމު | އިމާމު ކަމުގެ ސަނަދު ނެތްމީހަކަށް | 5 ގަޑިއިރު | 53.00
މަޤާމުގެ މަސްޢޫލިއްޔަތު
· ނަމާދުވަގުތަށް ފަރުވާތެރިވެ ފަރުޟު ފަސް ނަމާދުގެ ވަގުތުތަކުގައި ބަންގި ގޮވައި އިމާމުވެ ނަމާދުކުރުން.
· މިސްކިތަށް ދިމާވާ ކޮންމެ ކަމެއް ކައުންސިލް އިދާރާއަށް އަންގައި އެކަން ރަގަޅުކުރެވޭތޯ ބެލުން.
· އިމާމުވެ ހުކުރު ނަމާދާއި، ކޭތަ ނަމާދާއި ޢީދު ނަމާދުކުރުން
· މިސްކިތު ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި، ސިސްޓަމްއަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ކައުންސިލް އިދާރާއަށް އެންގުން.
· މިސްކިތުގައި ކުރަންޖެހޭ ކަށު ނަމާދުކުރުމާއި ބެހޭ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
· މިސްކިތު މަސައްކަތު މުވައްޒަފުން މަސައްކަތްކުރާ ގޮތް ބަލައި މޮނިޓަރކުރުން
· މިސްކިތު މަސައްކަތު މުވައްޒަފު ޙާޟިރުނުވާ ވަގުތެއްގައިނަމަ، މިސްކިތުގެ އެތެރެ ސާފުކުރުމާއި ނަމާދުކޮށް ނިމިގެން ދަމުން ބޮކި، ހޮޅިބުރި، ފަންކާތައް ނިއްވުމާއި، މިސްކިތުގެ ދޮރުތައް ލެއްފުން.
· މިސްކިތުގައި ދީނީ ދަރުސްތައް ދިނުން ފަދަ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، އަދި ޕްރޮގްރާމް ނިމެންދެން މިސްކިތުގައި މަޑުކުރުން.
· މިސްކިތް ހަވާލުކޮށްފައިވަނިކޮށް ބަލިވުން ނުވަތަ ކޮންމެވެސް ކަމެއް ދިމާވެގެން މިސްކިތަށް ނިކުތުމަށް އުޒުރުވެއްޖެނަމަ ހަވާލުކޮށްފައިވާ މިސްކިތުގެ އެއްވެސް ތަޅުދަނޑިއެއް އޮތްނަމަ، އެތަޅުދަނޑި ނުވަތަ ތަޅުދަނޑިތައް ކައުންސިލް އިދާރާގެ ކަމާއި ބެހޭ ޝެކްސަނާއި ހަވާލުކުރަންވާނެއެވެ.
· އެއްވެސް ނަމާދު ގަޑިއަކަށް މިސްކިތަށް ދުރުވުމަށް އުޒުރުވެރިވެއްޖެނަމަ އެ ދުވަހުގެ ބާކީ އޮތް ބަޔަށް މިސްކިތަށް އިމާމަކު ހަމަޖެއްސުމަކީ މިސްކިތާއި ހަވާލުވެ ހުރި އިމާމު / މުދިމު / އިމާމުވެ ނަމާދުކުރުމަށް ހަވާލުވެ ހުރި ފަރާތުގެ ޒިންމާއެކެވެ. މިގޮތައް ހަވާލުކުރެވޭ ފަރާތަކީ، ތަޖުވީދުގެ މަގުން ޤުރުއާން ކިޔަވަން އެނގޭ މީހަކަށް ވުމާއި، ރީތިކޮށް ބަންގި ގޮވަން ދަންނަ މީހަކު ކަމުގައި ވާންވާނެއެވެ. އަދި މިކަން ކައުންސިލް އިދާރާއަށް އަންގަންވާނެއެވެ.
· ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވައިދާއި ކޯޑް އޮފް ކޮންޑަކްޓަށް ތަބައަވާންޖެހޭނެއެވެ.
ހުށަހަޅުއްވަންޖެހޭ ލިޔުންތައް:
· ލިބިފައިވާ ސަނަދުތަކާއި، ސެޓްފިކެޓްތަކުގެ ކޮޕީ (ހުށަހަޅާ ސަނަދާއި، ސެޓްފިކެޓްތަކުގެ ކޮޕީއަކީ އެކްރެޑިޓްކޮއްފައިވާ އަދި ސަރުކާރުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ލިޔުމެއް ކަމުގައި ވާންވާނެއެވެ.
· އައިޑީކާޑުގެ ދެފުށުގެ ކޮޕީ
ވީމާ، މިމަޤާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއަށް ސިޓީ ނުވަތަ މިކައުންސިލްގެ އީމެއިލް info@maduvvari.gov.mv މެދުވެރިކޮށް ހުށައަޅުއްވަމުން ގެންދެވުމަށް އަންގާ އިޢުލާން ކުރީމެވެ.