އިސްރަށްވެހިންގެ އިޖުތިމާޢީ ޙަރަކާތްތައް ހިންގުމާބެހޭ ކޮމިޓީ އެކުލަވާލުމާ ގުޅޭ

އާއްމު އެންގުން
ނަންބަރު : (IUL)369-AS/369/2025/121
ޕަބްލިޝްކުރި ތާރީޚު : 24 ޑިސެމްބަރު 2025
ސުންގަޑި : 30 ޑިސެމްބަރު 2025

އިސްރަށްވެހިންގެ ޚާއްސަ އިޖުތިމާޢީ ޙަރަކާތްތައް ރަށުގައި ކުރިޔަށް ގެންދިޔުމަށްޓަކައި އިސްރަށްވެހިންގެ އިޖުތިމާޢީ ޙަރަކާތްތައް ހިންގުމުގެ ކޮމިޓީ އެކުލަވާލުވާލުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑެވެލޮޕްމަންޓް އިންވަނީ އެދިފައެވެ. 

               ވީމާ ، މިކައުންސިލްގެ 200 ވަނަ އާންމު ބައްދަލުވުމުން މި ކޮމިޓީގައި ރަށުގައި ތިއްބެވި އިސްރަށްވެހިންގެ ތެރެއިން ބޭފުޅަކު ހިމެނުމަށް ނިންމާފައިވާތީ ، ރަށުގައި ތިއްބެވި އިސްރަށްވެހިންގެ ތެރެއިން (އުމުރުން 55 އަހަރުން މަތީގެ) މި ކޮމިޓީގައި ބައިވެރިވުމަށް ބޭނުންވާ ފަރާތެއް ވާނަމަ 2025 ޑިސެމްބަރ 30ވަނަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ނުވަތަ މި ކައުންސިލްގެ ނަންބަރ 6720038 ގުޅުއްވައި ނަން ނޯޓް ކުރެއްވުން އެދެމެވެ.

 ފޯމު ލިންކު: https://forms.fillout.com/t/a62fxfKAnHus

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

ޑައުންލޯޑް ކުރުމަށް