ރައްޔިތުންނާއި ބައްދަލުކުރުމާގުޅޭ
ކައުންސިލްގެ ފަރާތުން ކުރިޔަށް ގެންދާ މަސައްކަތްތަކާ ގުޅޭ ކަންކަމުގެ މަޢުލޫމާތު ދިނުމާއި ރައްޔިތުންގެ މަޝްވަރާ ހޯދުމަށް ކޮންމެ 4 މަހުން 1 ފަހަރު ބާއްވާ ރައްޔިތުންގެ ބައްދަލުވުން، މ.މަޑުއްވަރީ ކައުންސިލްގެ 200 ވަނަ އާންމު ބައްދަލުވުމުގައި ނިންމާފައިވާ ގޮތުގެ މަތިން 2025 ޑިސެމްބަރ 25 ވަނަ ދުވަހުގެ ރޭގަނޑު 20:30 ގައި މ.މަޑުއްވަރީ ކައުންސިލްގެ ދަސްވަނި މާލަމުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ، މި ބައްދަލުވުމަށް ރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވަމެވެ. މި ބައްދަލުވުމަށް ވީހާ ވެސް ގިނަ ރައްޔިތުން ވަޑައިގެން ދެއްވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް ކަމުގައި ދަންނަވަމެވެ.
ބައްދަލުވުމުގެ އެޖެންޑާ :
1. ބަނދަރު ގަވާއިދާ ގުޅިގެން ފީ ނެގުމަށް ރައްޔިތުންގެ ޚިޔާލު ހޯދުން
2. ތަރައްޤީގެ ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާގޮތް ރައްޔިތުންނާއި ހިއްޞާކުރުން
3. ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުން
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.