ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީ އެކުލަވާލުން

އާއްމު އެންގުން
ނަންބަރު : (IUL)369-AS/369/2025/111
ޕަބްލިޝްކުރި ތާރީޚު : 25 ނޮވެމްބަރު 2025
ސުންގަޑި : 01 ޑިސެމްބަރު 2025

       ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން މިރަށުގައި ކުރިއަށް ގެންދާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކޮށް، ދެފުށް ފެންނަ އަދި ޖަވާބުދާރީ ކުރުވޭނެ އުޞޫލުން މަސައްކަތް ކުރިޔަށް ގެންދިޔުމަށް "ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމެޓީ" އެކުލަވާލުމަށް ބޭނުންވެއެވެ.

           އެގޮތުން ކޮމެޓީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލެވިފައިވާ މަޤާމުތައް ތިރީގައި އެވަނީއެވެ.

            1. ރަށުގެ ޢާއްންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރު

            2. އިސްރަށްވެހިންގެ ތެރެއިން ކަނޑައަޅާ މެމްބަރު

            3. ޒުވާނުންގެ ތެރެއިން ކަނޑައަޅާ މެމްބަރު

            4. މަޝްރޫޢުގެ ފަންނީ ކަންކަމަށް ޚާއްޞަކޮށް ކަނޑައަޅާ މެމްބަރު

        ވީމާ، މިކޮމެޓީގައި މެމްބަރަކަށްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2025 ޑިސެމްބަރ 1 ވާ ހޯމަ ދުވަހުގެ 14:00 ގެކުރިން ފޯމު ލިންކު މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

             "ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީ ހިންގާ އުޞޫލު" މިއިޢުލާނާއެކު އެޓޭޗް ކުރެވިފައި ވާނެއެވެ.

ފޯމު ލިންކު: https://forms.fillout.com/t/akAo4ihgSdus

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

ޑައުންލޯޑް ކުރުމަށް