އާއްމު އެންގުން

ދިވެހީންގެ ހަނދާންތައް އެއްކުރުމުގެ ޤައުމީ މަޝްރޫޢު ފެށުމާގުޅޭ:

ނަންބަރު: (IUL)369/369/2025/112
ޕަބްލިޝްކުރި ތާރީޚު: 26 ނޮވެންބަރު 2025
ސުންގަޑި: 02 ޑިސެންބަރު 2025

ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާގެ ދަށުން ހިންގާ ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ " ދިވެހީންގެ ހަނދާންތައް އެއްކުރުމުގެ ޤައުމީ މަޝްރޫޢު " އަކީ، ދިވެހިންގެ އަސްލުތަކާއި ދިވެހިވަންތަކަމުގެ ސިފަތަކާއި ހަނދާންތައް ގެއްލެމުންދާތީ، މި ހަނދާންތައް ރެކޯޑްކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ގާބިލުކަން ދިވެހިންގެ ކިބައިގައި އަށަގަންނަވައި، ދިވެހީންގެ ހަނދާންތައް ދެމެހެއްޓުމުގެ ސަގާފަތް އަތޮޅުތަކާއި ރަށްރަށުގައި އިއާދަކޮށް އާލާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "ދިވެހި ޤައުމިއްޔަތު އިއާދަކުރުމުގެ ޤައުމީ މަޝްރޫޢު"ގެ ތެރެއިން ދިވެހިވަންތަކަމުގެ ދާއިރާގެ ޚާއްސަ މަސައްކަތްތަކެވެ.

                   މި މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި މި މަސައްކަތުގައި އުޅެދެވޭނެ ފަރާތްތައް ހޯދައިދިނުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން އެދިލައްވާފައިވާތީ، މި މަސައްކަތް ކުރުމަށް ޝައުގުވެރިކަން ހުރި ޒުވާނުންނާއި އާންމު ރައްޔިތު ފަރާތްތަކުން 2025 ޑިސެމްބަރ 2 ވާ އަންގާރަ ދުވަހުގެ 14:00 ގެކުރިން ފޯމު ލިންކު މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

ފޯމު ލިންކު: https://forms.fillout.com/t/v5JnGKU1hvus

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

ޝެއަރ ކުރައްވާ

ޑައުންލޯޑް ކުރުމަށް