ރައީސުލްޖުމްހޫރިއްޔާ، އަބްދުﷲ ޔާމީން މ. މަޑުއްވަރިއަށް ޒިޔާރަތްކުރެއްވުން
31 މޭ 2015

ރައީސުލްޖުމްހޫރިއްޔާ، އަބްދުﷲ ޔާމީން މ. މަޑުއްވަރިއަށް 31 މެއި 2015 ގައި ޒިޔާރަތް ކުރައްވާ ރައްޔިތުންނާ ބައްދަލުކުރައްވިއެވެ. މައިގަނޑު ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވީ، އެ ރަށްރަށުގައި ހިންގެވުމަށް ސަރުކާރުން ނިންމަވާފައިވާ އެކިއެކި މަޝްރޫޢުތަކުގެ މައްޗަށެވެ. އަދި ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންތައްތައް ފުރިހަމަކޮށްދެއްވުމަށްޓަކައި އެމަނިކުފާނަށް ކޮށްދެއްވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވަމުން ގެންދަވާނެކަން، ރައްޔިތުންނަށް ޔަޤީންކޮށް އެރުއްވިއެވެ.