މުލަކަތޮޅު މަޑުއްވަރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ 1 ވަނަ މަދަޙަ މުބާރާތް 1446

މުބާރާތް
ނަންބަރު : (IUL)369-PS/369/2025/35
ޕަބްލިޝްކުރި ތާރީޚު : 11 މާރިޗު 2025
ސުންގަޑި : 17 މާރިޗު 2025

1446 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު، މ.މަޑުއްވަރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ބާއްވަން ހަމަޖެހިފައިވާ މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 24 މާރިޗު 2025 ވަނަ ދުވަހުގައެވެ.

މިމުބާރާތުގެ އުސޫލާއި މުބާރާތުގެ ބައިވެރިވުމަށް އެދޭ ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ނުވަތަ https://forms.fillout.com/t/njzehBHMrbus ލިންކް މެދުވެރިކޮށްވެސް ފޯމް ހުށަހެޅިދާނެއެވެ. މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 17 މާރިޗް 2025 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.